North Thiladhunmathi, Thakandhoo Site: Thakandhoo Mangrove Type: other-Unique Island Features & Stories

އަލިތަކުރުފާނުގެ ޒިޔާރަތް: ހަށިކޮޅު ތަކަންދޫގައި، އިސްތަށިފުޅު ވަނީ ފުނަދޫގައި!

Amira Ali
July 7, 2026

ޢަލިތަކުރުފާން ޒިޔާރަތް ތަކަންދޫގައި ހުންނަ ޒިޔާރަތުގައި އަލިތަކުރުފާގެ ހަށިކޮޅު ވަނީ ފަސްދާނު ލެވިފައެވެ. އެ ޒިޔާރަތަކީ ޕޯޗްގީޒުން ޝަހީދުކުރި އުތީމު އަލިތަކުރުފާނުގެ ޒިޔާރަތެވެ. ޝަހީދުވި ޢަލިތަކުރުފާނަކީ އުތީމް ހުސެއިން ޙަތީބު ތަކުރުފާނުގެ ދޮށީދަރިކަލުންނެވެ. މައިކަނބަލަކީ މާރަންދޫ ކަމަނާއެވެ. މި ތަކުރުފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވީ މީލާދީން 16 ވަނަ ގަރުނު ފެށުނުކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. އަލިތަކުރުފާނު ޝަޙީދު ކުރީ ޕޯޗްގީޒުން އަތްދަށުން ދިވެހި ރާއްޖެ ސަލާމްތްކުރުމަށް ކުރެވުނު ހަނގުރާމައިގައި މުހައްމަދު ތަކުރުފާނާއެކު އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ހުންނަވަނިކޮށް ފޯޗުގީޒުން ގެންގުޅުނު ދެކުނު އިންޑިޔާގެ (މަލާބާރި) ހޮޅީންނެވެ. ޢަލިތަކުރުފާން ޒިޔާރަތް ހޮޅީން އަލިތަކުރުފާނު ޝަހީދު ކޮށްލުމަށް ފަހު އިސްތަށިފުޅު ހަށިކޮޅާ ވަކިކޮށްލިއެވެ. ނުވަތަ ބޯ ބުރިކޮށްލިއެވެ. އެތަކުރުފާނުގެ އިސްތަށިފުޅު ފަހުން މާލެ ގެނައެވެ. ތާރީޙީ ފޮތްތަކުގައިވާ ގޮތުން އަލިތަކުރުފާނުގެ އިސްތަށިފުޅު މާލެ ގެނައީ އޭރު މާލޭގައި ހުންނަ ހޮޅީންގެ ވެރިޔާއަށް ވެދުން ކުރުމަށެވެ. އެހެނަމަވެސް މާލޭގެ ބަޔަކު އެ އިސްތަށިފުޅު ސިއްރިއްޔާތުގައި ނެގިއެވެ. ނައިގެން ގެންގޮސް މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލީއެވެ. އަލިތަކުރުފާނުގެ ހަށިކޮޅު ތަކަންދޫގައި ފަސްދާނުލައިފައިވާއިރު އެ ތަކުރުފާނުގެ އިސްތަށިފުޅު ވަނީ ކ. ފުނަދޫގައެވެ. އެހެން ނަމަވެސް ހިތާމައަކީ އަލިތަކުރުފާނަކީ އެ ހަނގަރުރާމައިގައި ޝަހީދުވި ފުތަރަމަ ބަތަލް ކަން ވެސް ތަކަ ންދޫގެ ގިނަ މީހުންނަން ނޭނގޭކަމެވެ. ތަކަންދޫގައި ޒިޔާރަތް ހުރި އިރު، އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރުގައިކަން އިނގެނީ އެރަށުގެ ދުވަސްވީ މީހުންނަށެވެ.ޔ ޢަލިތަކުރުފާން ޒިޔާރަތް ޒިޔާތަތުގެ ވާހަކަ އެރަށުގެ މީހުން ކައިރީގައި ދައްކާލުމުން ބުނީ ޒިޔާރަތް ބަލަން އެ އަތޮޅަށް ދިވެހިން މިހާރު ނާންނަ ކަމަށެވެ. އަދި އެ ޒިޔާރަތް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް ބައެއްގެ ކޮޑުގައި ވަނީ އެޅިފައެވެ. މިއަދު އެކަން ކުރުމަށް ކަމާ ބެހޭ މުއައްސަސާތައް ވަނީ ނުކުޅެދިފައެވެ. މިއަދު އެ ޒިޔާރަތް ބަލަހައްޓަމުން ގެންދަނީ އެރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ޒިޔާރަތުގެ ވަށާ ފާރެއް މިހާރު ލާފައިވާއިރު، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މީހަކު ހަމަޖައްސައިފައިވެއެވެ. އެހެންނަމަވެސް މިހާ ހިސާބުން މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ޒިންމާ އަދާކުރަން ތިބި މީހުންގެ ކޮޑުގައި އެޅިފައިވާ ޒިންމާ ފުއްދުނީ އަކީ ވެސް ނޫނެވެ އަންނަން އޮތް ޖީލުތަކަށް އެޒިޔާރަތަކީ ކޮބައިތޯ ކިޔާދެން ޖެހެއެވެ. ކޮންމެއަކަށް ރާއްޖޭގެ ކޮންމެ އަތޮޅަށް ބަލާލިއަސް ފެންނަނީ މިފަދަ ތަންތަން ވީރާނާވެ ނެތިގެންދާ ތަނެވެ.

Images

Case report image
Case report image
Case report image
Case report image
Case report image
Case report image
Case report image

Location

Exact Location

Interactive map showing where this observation was made

6.8442°N, 72.9956°E

See Something Similar?

Help us monitor environmental changes by submitting your own observations.

Submit Your Report