ޖަމާޢަތުގެ އިޤްތިސާދީ ތަރައްޤީއަށް މަގުދައްކައިދޭ ފޮތުގެ ޑިޖިޓަލް އެޑިޝަން އާންމުކޮށްފި

ޖަމާޢަތުގެ އިޤްތިސާދީ ތަރައްޤީއަށް މަގުދައްކައިދޭ ފޮތުގެ ޑިޖިޓަލް އެޑިޝަން އާންމުކޮށްފި

a
Admin
July 27, 2026 · 1 min read

ޖަމާޢަތުގެ އިޤްތިސާދީ ތަރައްގީ މި ފޮތުގެ މަގްސަދަކީ ޖަމާޢަތުގެ އިގްތިސާދު ވަކި އަމާޒްތަކެއް އެކަށައެޅިގެން އެއަމާޒްތަކަށް ވާސިލްވުމަށްޓަކައި ހުރިހާ ފަރާތްތައް ގުޅިގެން ހާލަތު ވަޒަންކޮށް ދުރާލާ ރާވައިގެން ނަތީޖާ ހާސިލްކުރުމަށް ބޭނުންކުރާނެ މަޢުލޫމާތު ތަކެއް ހިއްސާކުރުމުވެ.

ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ އަސާސީ ބޭނުންތައް ފުއްދޭވަރުގެ އާމްދަނީއެއް އަމިއްލަ މަސައްކަތުން ހޯދައި އުޅެން ފުރުސަތު ލިބުމަކީ މިނިވަންކަމުގެ އަސާސެވެ. ނުކުޅެދޭ ފަރާތަކަސް އަންހެނަކަސް އުޅެވޭ ވަރުގެ އާމްދަނީއެއް އަމިއްލަ މަސައްކަތުން ލިބޭނަމަ ދައުލަތަށްވެސް އަދި އެނޫން ފަރާތްތަކަށްވެސް ބުރަޔަކަށްނުވެ މިނިވަންކަމާއެކު އުފަލުގައި ދިރިއުޅުމަށް މަގުފަހި ވެގެން ދާނެއެވެ. މިކަމުގެ ސަބަބުން އިޤްތިސާދީ  ގޮތުން ލިބޭ މަންފާގެ އިތުރުން ކަމެއްގައި ޝާމިލްވެ އަމިއްލައަށް ތިމާގެ ބޭނުންތައް ފުއްދަން ފެށުމުން އެލިބޭ ނަފްސާނީ ދުޅަހެޔޮކަމާ އިޖްތިމާއި ހަމަޖެހުމަކީ ޖަމާއަތެއް، ރަށެއް ނުވަތަ އަތޮޅެއްގެ ކުރިއެރުމެވެ. ހަމަޖެހުމުގެ ބިންގާއެވެ.
image.png 356.09 KB

ޖަމާޢަތުގެ އިޤްތިސާދީ ތަރައްގީ މި ފޮތުގެ މަގްސަދަކީ ޖަމާޢަތުގެ  އިގްތިސާދު ވަކި އަމާޒްތަކެއް އެކަށައެޅިގެން އެއަމާޒްތަކަށް ވާސިލްވުމަށްޓަކައި ހުރިހާ ފަރާތްތައް ގުޅިގެން ހާލަތު ވަޒަންކޮށް ދުރާލާ ރާވައިގެން ނަތީޖާ ހާސިލްކުރުމަށް ބޭނުންކުރާނެ ހުނަރާ އިލްމާ އަދި އެކަމުގެ ފަންނު ދެނެގަތުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތު ތަކެއް ހިއްސާކުރުމުވެ. މި މަޢުލޫމާތުތައް އަމާޒުކޮށްފައިވަނީ 

1. ޖަމާޢަތުގެ އިޤްތިސާދަށް ސަމާލުކަން ދޭންވީ ސަބަބުތައް ދެނެގަތުން
2. އިޖްތިމާއީ ބައިވެރިވުމާއި އިޖްތިމާއީ އެކަހެރި ކުރުން އަދި ފަގީރުކަމުން އާމްދަނީ ހޯދުމަށް ކުރާ އަސަރު 
3. އިގްތިސާދު ޖަމާޢަތުގެ   ބޭނުންތަކަށް ބަލައި ޗާޓްކުރުން 
4. ޖަމާޢަތުގެ ތަރައްގީގެ މިސްރާބުން ކަނޑައެޅުން
5. ޖަމާޢަތުގެ  އިގްތިސާދު ކުރިއެރުވުމަށްޓަކައި ދައުލަތުގެ މުއައްސާސަތަކުގެ ދައުރު 

ފޮތް އަމާޒުކުރެވިފައިވާ ފަރާތް
 މި ފޮތަކީ ރަށްރަށުގެ ކައުންސިލަރުން، ސިވިލް ސަރވިސް މުވައްޒަފުން، ޒުވާނުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތައް، އަތޮޅާއި ރަށުގެ ކަންކަމުގައި ބައިވެރިވާ ކްލަބް ޖަމްއިއްޔާ އަދި އާންމުކޮށް އަތޮޅާ ރަށުގެ އިޤްތިސާދީ  ތަރައްގީ ހެޔޮގޮތުގައި އެންމެންނަށް ފައިދާވާނެ ގޮތަކަށް ގެންދަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މުހިއްމު އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިދޭނެ ފޮތެކެވެ. "ޖަމާޢަތުގެ އިޤްތިސާދީ ތަރައްގީ" ފޮތް މަލަމަތި ރިސޯސް ސޮފްހާއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
image.png 809.38 KB

Share this post

Related Posts

More stories you might enjoy

Small Gardens. Stronger Islands..

Small Gardens. Stronger Islands..

A small patch of land can hold big possibilities. As Dhidhdhoo begins creating a demonstration community garden alongsid...

Jul 27, 2026 Read
What Really Built the Maldives?

What Really Built the Maldives?

Imagine standing beside a turquoise Maldivian lagoon and realizing its story may be far older and far more surprising th...

May 26, 2026 Read
Malé at Breaking Point

Malé at Breaking Point

By concentrating opportunity on a sliver of land, the Maldives has turned its capital into both a magnet and a pressure...

Mar 7, 2026 Read